English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

އަންނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތުމަށްފަހު، އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ ސިޓީ ފޭދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރު 1 ޖަހާކަންހާއިރު އެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމް ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވެފައިވާއިރު، ފޭދޫގައިި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާ މިހާރުދަނީ ކުރިއަށެވެ.

ޕީޕީއެމްއިން ބުނީ ޔާމީންގެ މިދަތުރުފުޅަކީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެ ޕާޓީގެ އާންމު މެމްބަރުންނާއި އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންވެސް ކުރައްވާނެ އެވެ.

ޕީޕީއެމްއިން ކުރިން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނަވާނެ އެވެ.