English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ އެފްސީ ކޯޕަންހޭގަންއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ދެވަނަ ބުރުގެ ޖާގައެއް ބޮރޫޝިއާ ޑޯޓްމުންޑަށް ކަށަވަރުވެއްޖެއެވެ.

ކޯޕަންހޭގަން ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

މި މެޗަށް ނިކުތްއިރު ވެސް ކޯޕަންޙޭގަންއަށް ދެވަނަ ބުރުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ރޭގެ ނަތީޖާއާއި އެކު ޑޯޓްމުންޑަށް ދެވަނަ ބުރުގެ ފުރުސަތެއް ޔަގީން ވެގެން ދިޔައީ މި ގުރޫޕުގައި ހިމެނޭ މެންޗެސްޓަރ ސިޓީ އަދި ސެވިއްޔާ ބައްދަލުކުރި މެޗުން ސެވިއްޔާ ބަލިވުމުންނެވެ. ޑޯޓްމުންޑަށް ދެވަނަ ބުރުގެ ފުރުސަތު ލިބުނީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ އެއްވަނަ ލިބުނި ހަ މެޗުން 14 ޕޮއިންޓް ހޯދި ސިޓީ އަށެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމުންޑުންނެވެ. މެޗުގެ މެޗުގެ 23 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ ޓޯގަން ހަޒާޑެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ކޯޕަންހޭގަން އިން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ހެކަން ހަރޮލްޑްސަންއެވެ.

ރޭ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކުރީ 1-3 އިންނެވެ. ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ލެވިސް، އަލްވަރޭޒް އަދި މަހުރޭޒް އެވެ. ސެވިއްޔާގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ރަފާ މިރްއެވެ.