English Edition
Dhivehi Edition

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

ކ. މާފުށީ ޖަލުގައި ތަމްރީން ހަދަމުން ދަނިކޮށް ނިޔާވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޒުވާން އަންހެން ޓްރެއިނީ އެއް ކަމަށް ވާ ސ. ހިތަދޫ އަސުރުމާގޭ، އާމިނަތު ނަޝްވާ ނަސީމް 18، އެވެ.

ފުލުހުން ބުނީ މާފުށީގައި ތަމްރީން ހަދަމުން ދިޔަ ޒުވާނާ ގެނބިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 11:15 ހާއިރު ކަމަށެވެ.

އަދި އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަން އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

 

.