English Edition
Dhivehi Edition
ފޮޓޯ: ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުގެ ފޭސްބުސް އެކައުންޓުން ނެފިފައިވާ ފޮޓޯއެއް

ރާއްޖޭގައި އެންމެ ފުރަތަމަ އިނގިޜޭސި ބަހުން ޚުތުބާއެއް ކިޔަން އިސްލާމީ މަރުކަޒަށް ބޭޅުކު އެރުވީ ޑރ މުޙައްމަދު ޝަހީމް އަލީ ސައީގުގެ މިނިސްޓަރުކަމުގައި ކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ އިނގިރޭސި ބަހުން ޚުތުބާއެއް ކިޔަން ބޭފުޅަކު އިސްލާމީ މަރުކަޒަށް އެރުވީ އޭބޭފުޅާގެ މިނިސްޓަރުގައި ކަމަށާއި އެފަހަރު އެކަން ކުރަން ގިނަ އުނދަގޫތަކާއި ކުރިމަތިވިކަމަށެވެ. އެކި ފަރާތްތަކުގެ ފިތުނައާއި ހެދި އެކަން ކުރެވުނީ ކިރާކަމަށާއި އެންމެ ބޮޑު ފިތުނައެއް އައީ އޭރު އޮތް ދިވެހުިބަހުގެ ޤާނޫނަކާއި ހެދި ކަމަށް ޝަޙީމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކި ފަރާތްތަކުގެ ފިންތުންތަކާއި ހުރެވެސް ޚުތުބާ ކުރިޔަށް ގެންދަން ނިންމީ ކަމަށާއި އެފަހަރު އިސްލާމީ މަރުކަޒުގައި އިނގިރެސި ބަހުން ޚުތުބާ ދެއްވީ ޑރ ޔާސިރު ގަދީކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން ރާއްޖޭގައި އެކި ފަހަރުމަތިން އިނގިރެސި ބަހުން ޚުތުބާ ދީފައިވާ ކަމަށާއި މާލޭ ސިޓީގެ ކޮންމެ މިސްކިތެއްގައި ކޮންމެ ހުކުރަކު އިނގިރޭސި ބަހުން ޚުތުބާއެއް ދެއްވުމަސް ތާޢީދު ކުރާކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ. އަދި އެއީ ޚުތުބާގައި ކިޔާ އެއްޗެއް މީހުންނަސް އެނގުމަކީ އިޖުތިމާޢީ ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަކަމަށް ވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭއަކީ ވަރަށް ގިނަ ބިދޭސީން ދިރިއުޅެމުން ގެންދާ ތަނެއް ކަމަށާއި އެހެން ކަމުން އެމީހުންނަސް ވެސް ދީނުގެ ކަންކަން އޮޅުން ފިލުވައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.