English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިކޮށް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ފަހު ޖާގަ ބެންފީކާ އިން ކަށަވަރުކޮށްފިއެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗު ބެންފީކާއިން ކާމިޔާބު ކުރީ 3-4 ގެ ނަތީޖާއިންނެވެ.

ޔުވެންޓަސްގެ ފަރާތުން އާއިދައިގެ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ 17 ވަނަ މިނެޓުގައި ބެންފީކާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ބެންފީކާއަށް ޖަހައިދިނީ އެންޓޯނިއޯ ސިލްވާއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މޮއިސް ކީން ކާމިޔާބު ކޮށްދިން ލަނޑުން ޔުވެންޓަސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ދެ ވަނަ ފަހަރަށް ބެންފީކާއިން މެޗުގެ ލީޑު ނެގީ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖާއޯ މާރިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބެންފީކާގެ ތިން ވަނަ ލަނޑު ޖެހީ 35 ވަނަ މިނެޓުގައި ރަފާ ސިލްވާއެވެ.

ބެންފީކާގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދިނީ ރަފާ ސިލްވާއެވެ. އޭނާ މި ލަނޑު ޖެހީ ގްރިމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 50 ވަނަ މިނެޓުގައެވެ. މެޗުގެ 77 ވަނަ މިނެޓުގައި އާކަންޑިއުސް މިލިކް ވަނީ ޔުވެންޓަސް އަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން މެކް ކެނީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު އެއް ލަނޑަކަށް ކުޑަކޮށްފައެވެ.

ރޭގެ މި ނަތީޖާއާއި އެކު ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުން ބެންފީކާ ދިޔައިރު، މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ޕީއެސްޖީއެވެ. މި ދެޓީމަށް އެއްވަރަކަށް މެޗު ކުޅެގެން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނި ފައިދާ ގޯލުންނެވެ.