English Edition
Dhivehi Edition

ގއ. ވިލިނގިލި ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ވިލިނގިލި ޕޮލިސްޓޭޝަނުން މިއަދު 16:30 ގައި ނައްތާލާފައިވަނީ 193 ފުޅި ބަނގުރަލާއި 41 ދަަޅު ބިޔަރު ދަޅެވެ.

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ 14 ސެޕްޓެމްބަރު 2022 ން 18 އޮކްޓޫބަރު 2022 ވަނަ ދުވަހާއި ހަމައަށް ގއ. ކޫއްޑޫ އެއަރޕޯޓް އިން ފުރި ފަތުރުވެރިންގެ އަތުން ނަގައި އެމް.އެން.ޑީ.އެފް އިން ގއ. ވިލިނގިލި ޕޮލިސްޓޭޝަނާއި ހަވާލުކޮށްފައިހުރި ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފަހެއްޓޭ ތަކެތި ނައްތާލުމުގެ އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިފައިވާ ކޮމިޓީއާއި މީޑިއާގެ ހާޒިރުގައެވެ.