English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

“އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2022” މުބާރާތް ހިނގަމުންދާއިރު 02 ކެންޓީން ކުއްޔަށް ދޫކުރުމަށް ނިންމާ އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވަނީ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް، 2022 އޮކްޓޫބަރު 29 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މުބާރާތް ހިނގަމުންދާއިރު 02 ކެންޓީން ހިންގުމަށް ސްޓޯލް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ ކައުންސިލުން ވަނީ ބުނެފައެވެ.

އިތުރަށް އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ކެންޓީނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތީ އަގު ހުށަހަޅާ 02 ފަރާތަކަށް ކަމަށެވެ، އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަން ގެ މެއިލް [email protected] އަށް ޕްރޮޕޯޒަލް ހުށަހަޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި އެ އިދާރާގެ ފޯނު ނަންބަރު 6885003 އަށް ގުޅުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.