English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗު ކާމިޔާބުކޮށް ލީގު ތާވަލްގެ އެއްވަނައަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 12 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. ރެއާލްއަށް ލީޑު ނަގައިދިނީ ކެޕްޓަން ކަރިމް ބެންޒެމާއެވެ. ރެއާލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 35 ވަނަ މިނެޓުގައި ފެޑެރިކޯ ވަލްވާޑޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފު ރެއާލުން ދެ ލަނޑުގެ ލީޑެއްގައި ނިންމާލިއިރު، ފަހު ހާފުގެ 83 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ފެރަން ޓޮރޭސްއެވެ. ރެއާލްގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ޖެހި ލަނޑެކެވެ.

މި ނަތީޖާ އާއި އެކު ރެއާލް ވަނީ 25 ޕޮއިންޓާއި އެކު ތާވަލްގެ އެއްވަނައަށް ޖެހިފައެވެ. މި މެޗުން ބަލިވި ބާސާ ދެވަނައިގައި އޮތީ 22 ޕޮއިންޓާއެކުގައެވެ. ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 19 ޕޮއިންޓެވެ.