އީކުއޭޓަރ އިންސްޓިޓިއުޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާރޝަލް އާޓްސް ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ދިނުމަށް އައްޑޫސިޓީގައި ހާއްސަ ސެޝަނެއް ބާއްވާފައިވާއިރު މިއީ މި ހުނަރު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.
އެ އިންސްޓިޓިއުޓުން 10 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ރޭ ބޭއްވި މާރޝަލް އާޓްސް ޕްރޮގްރާމްގެ އޮރިއެންޓޭޝަނުގައި، އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި މާޝަލް އާރޓްސް ކޯހާގުޅޭ މުހިންމު މަޢުލޫމާތު ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އީކުއޭޓަރ އިންސްޓިޓިއުޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކާއި މިވަގުތު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާރޝަލް އާޓްސް ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ބައިވެރިންނަށް ދެވިފައިވެއެވެ.
އީކުއޭޓަރ އިންސްޓިޓުއުޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި:–
އެ އިންސްޓިޓިއުޓުން ބޮޑެތި މީހުންނާއި ކުޑަކުދިންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ކޯސްތަކުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކުވެސް ދައްކަންޖެހެނީ 350 ރުފިޔާގެ ފީއެކެވެ. ސްކޫލް ކުދިނަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކަރާޓޭ ކޯސްތައް ފިޔަވަޢި، އެހެން ޕްރޮގްރާމްތަކުގައި އެއްވެސް ފައަކާ ނުލާ ހިލޭ ބައިވެރިވެވޭނެއެވެ. އަދި މި ކޯހުގެ ފުރަތަމަ މަހު ކްލާސް ފީ ދައްކަން ނުޖެހޭނެއެވެ. ކަރާޓޭ ކޯސް ނިންމާ ދަރިވަރުންނަށް ދޫކުރާނީ އިންޓަނޭޝަނަލް ސެޓްފިކެޓެކެވެ.
މިވަގުތު ހިތަދޫ އަދި ފޭދޫގައި ކޯސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ރާއްޖޭ ހުރިހާ ރަށެއްގައި މިކުލާސްތައް ކުރިއަށް ގެންދަން އެ އިންސްޓިޓިއުޓުން ނިންމާފައި ވެއެވެ
ކަރަަޓޭ އަކީ އެއްވެސް ވެޕަންނެއް ނުވަތަ ހަތިޔާރަކާ ނުލައި ދަސްކުރާ ހުނަރުތަކެކެވެ. މިހުނަރު ތަކުގެ ބޭނުމަކީ މީހުންނާ ތަޅާ އަނިޔާ ކުރުމެއް ނޫނެވެ. މި ހުނަރުން އެއްވެސް މީހަކާ މެދު ތަޅައި ގެއްލުންދޭކަށް ދަސްކޮށެއް ނުދޭނެއެވެ. ނަމަވެސް މިއީ ކުރިމަތިވެދާނެ ނުރައްކަލުން ތިމާއާއި ތިމާގެ ޢާއިލާ އާއި މުދާ ސަލާމަތް ކުރުމަށް ބޭނުންވާ ކުއްލި ވިސްނުން ، ރޭވުންތެރިކަން ، ކެރުންތެރިކަން ބިރުފަހަނައަޅައި ބުއްދި އިސްކުރުން ފަދަ ހުނަރުތަކެކެވެ.
މީގެ އިތުރުން އަމިއްލަ ދިރިއުޅުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކަށް، ތަހައްމަލް ކުރުމަށާއި ދަތި އުނދަގޫތަކުން ސަލާމަތްވެގަނެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވާން ދެނެގަތުމަށް މި ހުނަރުތަކުން އެހީތެރިކަން ލިބޭނެއެވެ.އަދި މިއީ ސިއްޙަތަށް ފައިދާކުރަނިވި ކުޅިވަރެކެވެ. ތިމާއާ އަނެކުން ދެނެގަތުމާއި އަމިއްލަ ނަސްފު ކޮންޓްރޯލް ކޮށް ރުޅީގެ ބަދަލުގައި ބުއްދި އިސްކުރަން ދަސްވެ، ތިމާއާއި އަނެކުންނަށް އިޙްތިރާމް ކުރަން ދަސްކުރެވިގެންދާ ތަރުބަވީ ހުނަރުތަކެކެވެ.
ކަރާޓޭގެ ގިނަ ވައްތަރުތަކެއް ނުވަތަ ސްޓައިލްސް ހުރެއެވެ. އޭގެ ތެރެއިން އެ އިންސްޓިޓިއުޓުން މިވަގުތު ހިންގާނީ ޝޮޓޮކަން ކަރާޓޭ ސްޓައިލްއެވެ. މި ސްޓައިލްގައި ޢާންމު ގޮތެއްގައި ބްލެކްބެލްޓާ ހަމައަށް 10 ބެލްޓެއް ހިމެނޭނެއެވެ. ކޮންމެ ބެލްޓެއް 4 މަސްދުވަހުގެ މުއްދަތެއް ހިންގޭނެއެވެ. ބައެއް އިންސްޓިޓިއުޝަން ތަކުން، ދަރިވަރުގެ ހުނަރުތަކާއި ކުރިއެރުން ތަކަށް ބެލުމަށްފަހު މި މުއްދަތު އަވަސްކުރެވޭނެއެވެ . ކޮންމެ ބެލްޓެއް ނިންމާނީ ގްރޭޑިންގ ނެގުމަށްފަހު ގްރޭޑިންގ އިން ފާސްވުމުންނެވެ.
އީކުއޭޓަރ އިންސްޓިޓިއުޓް އުފެދުނީ 2014 ވަނަ އަހަރުގައެވެ. މި އިންސްޓިއުޓުން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ މާރޝަލް އާރޓްސް ޕްރޮގްރާމްތަކާއި ސަމައްތަރު ޕްރިގްރާމްތަކެވެ. މިކްލާސްތައް ނަގައިދޭނީ އިންޓަރނޭޝަނަލް ބްލެކް ބެލްޓު ލިބިފައިވާ އިންސްޓްރަކްޓަރުންނެވެ. އެގޮތުން ދިވެހިންނާއި ބޭރުގެ ތަޖުރިބާ ލިބިފައިވާ ކަމަށް ޤާބިލު އިންސްޓްރަކްޓަރުން އެ އިންސްޓިޓިއުޓުގައި ކިޔަވާދޭނެއެވެ.
މި ޕްރޮގްރާމަކީ ދުޅަ ހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ އަސާސީ ބައިތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ އަމިއްލަ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ފަސްޓްއެއިޓް ، އަލިފާން ނިއްވަން ދަސްކުރުން ، ފަތަސް ދަސްކޮށްދިނުން، ދުވުމާއި ކަސްރަތު ، ސެލްފް ޑިފެންސް، ކައުންސެލިން، ދީނީ ބައިތައް އަދިވެސް އިތުރު ބައިތައް މި ޕްރޮގްރާރްގެ ތެރޭގައި ހިމެނެއެވެ.
މިވަގުތު އައްޑޫ ސިޓީގައި އީކުއޭޓަރ އިންސްޓިޓިއުޓު ފިޔަވައި އެހެން ފަރާތަކުންވެސް މާޝަލް އާރޓްސް ކުރިއަށް ގެންދާ ކަމާއި މި އިންސްޓިޓިއުޓަކީ އެފަރާތްތަކާއި އެވެސް ގޮތަކަށް ގުޅުމެއް ނެތް އިންސްޓިޓިއުޓެއްކަމަށް އީކުއޭޓަރ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.
އިންސްޓިޓިއުޓުގެ ކަރާޓޭ ކޯހުގައި ބައިވެރި ވުމަށްޓަކައި 9834961 އަށް ވަޓްސްއަޕް ނުވަތަ މެސެޖު ކޮށްލުމުން އެފަރާތްތަކަށް އެކަމާ ގުޅޭ މަޢުލޫމާތު ލިބިގެން ދާނެއެވެ.