English Edition
Dhivehi Edition

މުޅި ދުނިޔެއިން ރާއްޖެ ބަލައިގަތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޙިކުމަތްތެރިކަމާއި މޮޅުކަމުންކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ނާހިދު މިފަދައިން ވިދާޅުވީ އދ. ގެ އިންސާނީ ހައްގުތަކުގެ ކައުންސިލަށް ރާއްޖެ ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދަ ކުރިން 6 ގައުމުގެ ތެރެއިން އެކައުންސިލަށް އިންތިޚާބުކުރި 4 ގައުމުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯދި ގައުމުގެ ގޮތުގައި ރާއްޖެއިން ވަނީ އިންސާނީ ހައްގުތަކުގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރެއިން އެންމެ ގިނައިން ވޯޓު ބަންގްލަދޭޝްއިން ހޯދީ ވޯޓުލީ 190 ގައުމުގެ ތެރެއިން 160 ވޯޓާެކުގަ އެވ. ދެވަނައަށް އެންމެ ގިނައިން ވޯޓު ރާއްޖެއަށް ލިބިފައިވަނީ 154 ވޯޓާއެކުގަ އެވެ.

މި ގުރޫފުން ދެން އިންތިޚާބުވި ދެ ގައުމަކީ ވިއެޓްނާމްއާއި ކިރިގިސްތާން އެވެ. ވިއެޓްނާމަށް 145 ވޯޓު ލިބުނުއިރު ކިރިގިސްތާނަށް ލިބުނީ 126 ވޯޓެވެ. މި ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރެއިން 5 ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ސައުތު ކޮރެއާއަށް 123 ވޯޓު ލިބުނުއިރު އެންމެ ފުލަށް ދިޔަ އަފްއާނިސްތާނަށް ލިބިފައިވަނީ 12 ވޯޓެވެ. ބަހުރެއިން ނަން އަބުރާ ގެންގޮސްފައިވި ނަމަވެސް އެގައުމަށް 1 ވޯޓު ލިބިފައި ވެއެވެ.

ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ ކުރިޔަށް އޮތް ދައުރަށް އިންތިޚާބު ކުރި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 4 ގޮނޑިއަށް ވާދަ ކޮށްފައިވަނީ، ރާއްޖޭގެ އިތުރުން، އަފްޣާނިސްތާންއާއި ވިއެޓްނާމްއާއި ސައުތު ކޮރެއާއި، ކިރިގިސްތާން އަދި ބަންގްލަދޭޝް އެވެ. މި ކައުންސިލަށް އޭޝިއާ ޕެސިފިކް ސަރަހައްދުން، އެންމެ ފުރަތަމަ ބަހުރެއިންއިން ވާދަ ކުރަމުން އައިނަމަވެސް، އެގައުމުން ވަނީ އެންމެ ފަހުވަގުތު ނަން އަބުރާ ގެންގޮސްފަ އެވެ. ބަހުރެއިންއިން ނަން އަބުރާ ގެންދިއުމުން، އެގައުމަށް ތާއީދުކުރި ގިނަ ގައުމުތަކެއްގެ ވޯޓު ވަނީ ރާއްޖެއަށް ލިބިފަ އެވެ.

2015-2023 ގެ ޔޫއެން ހިއުމަން ރައިސްޓް ކައުސިލްގެ ގޮނޑިއަށް ރާއްޖެ އިންތިޚާބު ވެގެން ގޮސްފައިވާއިރު، މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ރާއްޖެވަނީ މި ކައުންސިލްގެ މެމްބަރުކަން ކޮށްފަ އެވެ. އެއީ އެންމެ ފުރަތަމަ 2011 އިން 2013 އަށެވެ. ދެވަނަ ފަހަރަށް ރާއްޖެއިން މިކައުންސިލްގެ މެމްބަރުކަން ކޮށްފައިވަނީ 2014 އިން 2016 އަހަރަށެވެ. އަދި 2013 ވަނަ އަހަރު ރާއްޖެވަނީ އޭޝިއާ ޕެސިފިކް ގުރޫޕުގެ ފަރާތުން މި ކައުންސިލް ނާއިބު ރައީސްކަންވެސް އަދާ ކޮށްފަ އެވެ.

ޔޫއެން ހިއުމަން ރައިޓްސްގެ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވަރަށް ތަނަވަސް އައުލަބިއްޔަތަކުން އިންތިޚާބު ވެގެން ދިޔައިރު، ފޮރިންގ މިނިސްޓްރީންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ރާއްޖޭގެ މިޝަންތަކުން މި އިންތިޚާބު ކާމިޔާބު ކުރުމަށް ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފަ އެވެ.