English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ޔުރުކީގެ ޝަހުތަރު ޑޮނެސްކް އާއި އެއްވަރުކޮށް ދެވެނަ ބުރުގެ ޖާގައެއް ސްޕެއިންގެ ރެއާލް މެޑްރިޑުން ކަށަވަރުކޮށްފިއެވެ.

ރޭގެ ޝަހުތަރު ޑޮނެސްކް އާއި ދެކޮލަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެން ދެޓީމުން ވެސް ކުޅެމުން ގެންދިޔައީ ދާދި ހަމަކުޅެކެވެ. ފުރަތަމަ ހާފުގައި ދެޓީމުންވެސް ނަތީޖާ ނެރުމަށް ބުރަ މަސައްކަތް ތަކެއް ކުރި ނަމަވެސް ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އޮވެއެވެ.

ފަހު ހާފަށް ކުޅެން ނިކުމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޝަހުތަރު ޑޮނެސްކުންނެވެ. މެޗުގެ ފަހު ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ ޝަހުތަރު ޑޮނެސްކުން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ޒުބްކޯވްއެވެ. މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް އިތުރު ވަގުތައި ރެއާލުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ޓޯނީ ކުރޫސް ގޯލު ކުރިމައްޗަށް ނެގި ހުރަސް ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ރެއާލް އަށް ކާމިޔާބު ކޮށްދިނީ ރުޑިގާއެވެ. މި ލަނޑު ޖެހުމުގެ ތެރޭގައި ރޫޑިގާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެސް ވެފައެވެ. ރުޑިގާގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭވެސް ފޭބިއެވެ. އޭނާ ވަނީ މި އަނިޔާއާއި ގުޅިގެން ދަނޑުން ބާލާފައެވެ.

ރޭގެ މިނަތީޖާއާއެކު ރެއާލް މެޑްރިޑަށް ދެވަނަބުރު ޔަޤީންވީ 4 މެޗުން 10 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ 4 މެޗުން 6 ޕޮއިންޓާއެކު ޖަރުމަނުގެ އާރުބީ ލައިޕްޒިގްއެވެ.