English Edition
Dhivehi Edition

ގއ. ވިލިނގިލި ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން މިތަކެތި ނައްތާލާފައިވަނީ 10 އޮކްޓޯބަރު 2022 (މިއަދު) 12:45 ގައި ގއ. ވިލިނގިލި ޕޮލިސްޓޭޝަނުގައި ނައްތާލެވިފައެވެ.

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ 16 އޮގަސްޓް 2022 އިން 14 ސެޕްޓެމްބަރު 2022 ވަނަ ދުވަހާއި ހަމައަށް ގއ. ކޫއްޑޫ އެއަރޕޯޓް އިން ފުރި ފަތުރުވެރިންގެ އަތުން ނަގައި އެމް.އެން.ޑީ.އެފް އިން ގއ. ވިލިނގިލި ޕޮލިސްޓޭޝަނާއި ހަވާލުކޮށްފައި ހުރި 133 ފުޅި ބަނގުރަލާއި 29 ބިޔަރު ދަޅެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފަހެއްޓޭ ތަކެތި ނައްތާލުމުގެ އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިފައިވާ ކޮމިޓީއާއި މީޑިއާގެ ހާޒިރުގައެވެ.