English Edition
Dhivehi Edition


ގއ. އެފް.ސީ.އެސް.ސީން ބައިނަލް އަޤުވާމީ އުމުރުން ދުވަސްވި މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 55 އަހަރުން މަތީ އަންހެނުން ދަޢުލަތަށާއި ރަށުގެ ތަރައްޤީއަށް އިޖްތިމާޢީ ގޮތުން ކޮށްދީފައިވާ ޙިދުމަތްތައް އަގު ވަޒަން ކުރުމުގެ ގޮތުން އައްޑަނަ ހަވާލުކޮށްދީފިއެވެ.
މި ފޯރަމާއި ގުޅިގެން ވާހަކަ ދައްކަމުން އެ ސެންޓަރުގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ރަޝާޤާ ރަޝާދު ވިދާޅުވީ، ވިލިނގިލި ތާރީޙުގައި ދައުލަތާއި މުޖުތަމައުއަށް އެތަކެއް އަހަރުވަންދެން އަގުހުރި ހިދުމަތްތަކެއް އެކި ޒަމާންތަކުގައި ވިލިނގިލީގެ ކަބަލުންކޮށްދީފައިވީ، ނަމަވެސް ރަސްމީ ސިފައެއްގައި އެފަދަ ބޭފުޅުންގެ ޙިދުމަތްތައް ފާހަގަކުރެވިފައި ނުވާތީ ވިލިނގިލީގައި މިވަގުތު ތިއްބެވި 55 އަހަރުން މަތީ ކަނބަލުންގެ ތެރެއިން ދިވެހި ދަޢުލަތަށާއި މުޖުތަމައުއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަށް މަސައްކަތްކުރައްވާފައިވާ ކަނބަލުންގެ މަސައްކަތްތައް ފާހަގަކޮށް އެ ކަނބަލުންނަށް ދެވޭ އިނާމެއް ކަމަށެވެ.
އިތުރަށް ރަޝާޤާ ވިދާޅުވީ، މީ މިހާރު ހިދުމަތުގަ ތިއްބެވި ޒުވާން ކަނބަލުންނަށް ވެސް ހިދުމަތުގަ ދެމި ތިއްބެވުމަށް ލިބިދެވޭ އިތުރު ހިތްވަރެއް ކަމަށެވެ.
މި ފޯރަމުގައި ވަނީ 29 ކަނބަލުންނަށް ޙިދުމަތުގެ އައްޑަނަ ހަވާލުކޮށްދީފައެވެ.
ގއ. އެފް.ސީ.އެސް.ސީން ބައިނަލް އަޤްވާމީ އުމުރުން ދުވަސްވި މީހުންގެ ދުވަސް ފާހަކުރުމަށް ބޮޑު ފޯރަމެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ސެންޓަރުން ވަނީ މި ދުވަހާއި ގުޅިގެން ދާންމަތިވެފައިވާ އުމުރުން ދުވަސް ވި ފަރާތްތަކަށް ވެސް ޒިޔާރާތްކޮށްފައެވެ.