English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗު އޭސީ މިލާނުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ.

މިލާންގެ ދަނޑުގައި ކުޅުނު މެޗުގެ ލީޑު ނެގީ ހާފު ނިމެނިކޮށް ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ޖެހި ލަނޑުންނެވެ. މެޗުގެ 54 ވަނަ މިނިޓުގައި މިލާންގެ ދެ ވަނަ ލަނޑު ޖެހީ ސްޕެއިންގެ މިޑްފީލްޑަރު ބްރަހީމް ޑިއާޒް އެވެ.

މި މެޗުން މޮޅުވެ، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މިލާން ތިން ވަނައިގައި އޮތް ނަމަވެސް، އެ ޓީމުން ވަނީ ތާވަލްގެ އެއް ވަނަގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. ނަޕޯލީ އާއި މިލާންގެ އިތުރުން ދެ ވަނައިގައި އޮތް އެޓަލާންޓާ ވެސް ވަނީ 20 ޕޮއިންޓް ހަމަކޮށްފަ އެވެ.

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ބަލިވި ދެ ވަނަ މެޗެވެ. މި މެޗުން ބަލިވެ، ޔުވެންޓަސް އޮތީ ތާވަލްގެ އަށް ވަނައިގަ އެވެ.