English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ހަވީރު ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން އެންޑް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމްގެ އިތުރުން ހިތަދޫ ދާއިރާގެ މަޖިލީސް މެމްބަރުންނާއި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ،

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ ވަރަށް މުހިއްމު މަޝްރޫއެއްކަމަށެވެ، އަދި މި މަޝްރޫއުގެ މަސައްކަތް ނިމުމުން ހިތް ފަސޭހަ އަތިރި މައްޗަކާއި ފަތާ ސަރަހައްދެއް ހިތަދޫ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ،

ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ދަށުން 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދަށަށް އެޅުމާއި 975 ކިއުބިކްގެ ފަތާ ސަރަހައްދެއް ފުންކުރުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 570 މީޓަރު ސަރަހައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 11.64 މިލިޔަން ރުފިޔާގެ މަޝްރޫއުއެކެވެ.