English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން “ހޭވައްލާ ތައްޔާރު”ގެ ނަމުގައި އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި 50 އިންޗީ (މޮޑެލް: 50PUT8115/98)ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާއެއް ހިލޭ ލިބިގެންދާނެއެވެ. އަދި ކޮންމެ ޓީވީއަކާއެކު ބްރެކްޓް ހިލޭ ލިބޭއިރު ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓާއި، ޕީޕަލްސް ޗޮއިސްގައި ގޭމު ކުޅެގެން ވަގުތުން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަަނެއް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގައި ލަކީޑްރޯއިން ހޮވޭ އެއްވަނަ ފަރާތަކަށް އައިފޯން 14 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ. ދެވަނަ އިނާމަކަށް ޕީއެސް 5 އެއް ވީއާރް އާއެކު ލިބިގެންދާއިރު ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވޮއުޗާއެއް ލިބިގެންދާނެއެވެ.