English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫން 28 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުބައިދުﷲ ހަސަން (28އ) ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށެވެ.

އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް” ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެންމެ ފަހުން އުބައިދުﷲ ހަސަން ފެނިފައިވަނީ ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށެވެ.

އުބައިދުﷲ ހަސަނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.