English Edition
Dhivehi Edition

މިއަދުގެ ހުކުރު ޚުތުބާގެ މަޢުލޫއަކީ މަރަށް ޔައްޔާރުވުމެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާ ޚަލްޤުކުރައްވައި، ފުރާނަ އަޅުއްވާފައިވާ ކޮންމެ މަޚުލޫޤަކީ، މަރުގެ ރަހަ ދެކި، ފަނާވެދަނަވި އެއްޗެކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ. އަދި ﷲގެ ޛާތުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާނެ ކަމާއި މާތްﷲ ވަނީ އެކަލާނގެ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވައި، އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައިކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

އަދި އެކަނލާންގެ އައްލައުޙުލް މަޙްފޫޘުގައި އެ ލިޔުއްވާފައިވާ ގޮތާ ކުޑަކޮށް ވެސް ލަސްކުރުމެއް ފަސްކުރުމެއް އަދި އެއްވެސް ތަފާތެއްނެތި އެ މަޚުލޫޤެއްގެ އަޖަލު އެ މަޚުލޫޤަކާއި ބައްދަލު ކުރާނެކަމަށާއި އިންސާނުންގެ ތެރެއިން ޤަތުލުވާ މީހުންނާއި، ޣަރަޤުވާ މީހުންނާއި، އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަލިފާނުގެ ޙާދިޘާތަކާއި، އެހެނިހެން ސަބަބުތަކާ ހެދި މި ދުނިޔެއިން ވަކިވެގެންދާ މީހުން ވެސް، ވަކިވެގެން އެދަނީ އޭނާގެ އަޖަލުފުރިހަމަ ކޮށްފައިކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

އަދި އިންސާނާގެ ގާތަށް މަރު އަންނާނީ ކޮން ވަގުތަކުކަމެއް އެނާއަކަށް ނޭނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ ކަމަށާއި ޣައިބުގައިވާ ކަންކަމުގެ ތަޅުދަނޑި މިލްކްވެވޮޑިގެންވަނީ، ހަމައެކަނި އެކަލާނގެއަށް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

” އިންސާނާގެ ގާތަށް މަރު އަންނާނީ ކޮން ވަގުތަކުކަމެއް އެނާއަކަށް ނޭނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲއެވެ. ޣައިބުގައިވާ ކަންކަމުގެ ތަޅުދަނޑި މިލްކްވެވޮޑިގެންވަނީ، ހަމައެކަނި އެކަލާނގެއަށެވެ.” ޚުތުބާގައި ވިދާޅުވިވެއެވެ.

“އިންސާނާގެ އަޖަލު ކުޑަތަން ވުމުން،. އޭނާގެ ފުރާނަ ހިއްޕެވުމަސްޓަކައި، މަރު ހިއްޕެވުމާއި ހަވާލުކުރައްވާފައިވާ މަލާއިކަތާ ފޮނުއްވާ ކަމަށާއި، މަރަށް ހާޟިރުވެފައިވާ މީހާގެ ހާލާއި ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ” ފަހެ މަރުވުމުގެ ވަގުތުގައި، ކަރާއި ހަމައަށް ފުރާނައިސް ނޭވާހޮޅިއަށް އެޅިއްޖެ ހިނދެވެ. އަދި އެހިނދު ތިޔަބައިމީހުން ބަލަލަ ތިބެމުއެވެ. އަދި ތިޔަބައިމީހުންނަށް ވުރެ (އެބަހީ އެ މަރުވާ މީހާއާ) ގާތްކަން ބޮޑި ތިމަންރަސްކަލާންގެއެވެ. އެހެނެއްކަމަކު ތިޔަބައި ހީނުންނަކަށް ނުފެނެތެވެ.”

މި އާޔަތުގައި ބަޔާން ކުރައްވާފައި ވަނީ ފުރާނަ އައިސް ނޭވާ ހޮޅިއަށް އެލީފައިވާ މީހާގެ ހާލަތުކަމަށާއި ފުރާނަ ހިއްޕެވުމަށް ޙާޟިރުވެ ހުންނަވާ މަލާއިކަތާ، އޭނާގެ ވަށައިގެންވާ މީހުންނަކަށް ނުފެންނާނެ ކަމަށާއި ނަމަވެސް އޭނާއާއި ކުރިމަތި ވަމުންދާ މަރުގެ ވޭނުގެ އަސަރުތައް އެބައި މީހުންނަށް ފެންނާނޭކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މަރަށް ޙާޟިރުވެފައިވާ ކޮންމެ އިންސާނަކަށް ވެސް މަރުގެ ވޭނާ ކުރިމަތިލާންޖެހެއެވެ. މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ. : “އަދި މަރުގެ ވާނެ ޙައްޤު ގޮތުގައި އަންނަ ހުއްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.” ކީރިތި ރަސޫލާ މިވޭނާ ކުރިމަތި ލެއްވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކައު ސާހިބާ މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި، އެކަލާގެފާނުގެ އަރިހުގައި، ބެހެއްޓިފައިވާ ކޫޒުގެ ތެރެއަށް އަތްޕުޅު ލައްވައި، ފެންފޮދު ނަންގަވައި، އެކަލޭގެފާނުގެ މޫނުފުޅުގައި ފެންފުއްސަވަމުން ހަދީޘްކުރެއްވިއެވެ. “މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވެއެވެ. ހަމަކަށަވަރުން މަރަކީ ވޭންދެނެވި ކަމެކެވެ.”