English Edition
Dhivehi Edition
އުރީދޫ އައްޑޫ އޮފީސް ރީބްރޭންޑްކޮށް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު އޭއޯ ނިއުސް

އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށް ހިލޭ ލޮލުގެ ސްކްރީނިން ހެދޭނެ އޮފާއެއް ތައާރްކޮށްފިއެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އައިކެއާ އާއި ގުޅިގެން ކުރިއަށް ގެންދާ މި އޮފާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ 1،000 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގުމުންނެވެ. ނުވަތަ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމްބީއަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުންނެވެ.

އުރީދޫ އިން ވަނީ އެ ކުންފުނީ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކޮށްގެން ކްލަބް ޕްރިމިއާ ލައުންޖެއްވެސް ހުޅުވާފައެވެ.

މި އަހަރު އޮގަސްޓް 11 ވަނަ ދުވަހު ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީކޮށް ހުޅުވާފައިވާއިރު އުރީދޫއިން އަންނަނީ ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފް ކުރެވުނީއްސުރެ، އެކުންފުނިން ޕްރިމިއަރ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގު