English Edition
Dhivehi Edition

ޓީވީ ތަރި ސަނާ އަމިން ޝެއިޙް އާއި މަޝްހޫރު ޑައިރެކްޓަރު އީޖާޒް ޝެއިޙް ގެ 6 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެއި ސަބަބު ސަނާ ހާމަކޮށްފިއެވެ.

ގުސްތާކް ދިލް އާއި ކުޗް ރަންގެ ޕީޔަރްކީ އެއިސާ ބީގެ 3 ވަނަ ސީޒަނުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސަނާ ބުނީ ކައިވެނި ސަލާމަތްކުރުމަށް ދެ މީހުންވެސް ވަރަށް މަސައްކަތް ކުރިކަމަށެވެ، 2016 ވަނަ އަހަރު ސަނާ އާއި އީޖާޒް ކައިވެނި ކުރީ ދެމީހުންވެސް ގަޔާވާތީކަމަށް ސަނާ ބުންޏެވެ. އެހެންނަމަވެސް ކައިވެންޏަށް ފަހު ދެ މީހުން އުޅެން ޖެހުނީ ވަރަށް ބިޒީކޮށް ކަމަށް ސަނާ ބުންޏެވެ. ” ދެމީހުންނަށް ހުސް ވަގުތު ލިބިގެން އެކުގައި ކަންތައްތައް ކުރަން ބަލާއިރު، ދެމީހުންވެސް ބޭނުންވަނީ ތަފާތު ދެ ކަމެއް. ތަފާތު ދެ މިޒާޖެއްގެ ދެމީހުންކަމުން އަބަދުވެސް އެކަމުގެ ހިޔާލު ތަފާތުވުންތައް އުފެދޭ. ކުރިން އަހަރެމެންނަށް އެކުގައި ގިނަ ވަގުތު ހޭދަކުރެވިފައި ނުވާތީ މިކަން އިހްސާސްވީ ކައިވެނީގެ ފަހުން” ސަނާ ބުންޏެވެ.

އިތުރަށް ސަނާ ބުނީ މި ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ދެމީހުން ދުރުވެ، ކައުންސިލިންވެސް ނަގާފައިވާނެކަމަށާއި އެ ގުޅުން ސަލާމަތްކުރުމަށް ވަރަށް މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން ދެ މީހުންނަށްވެސް ފައިދާ ނުކުރިކަމަށް ސަނާ ބުންޏެވެ.، ” އަހަރެމެން ދެމީހުންވެސް އުފަލެއް ނުވޭ. އުފަލެއް ނުލިބޭ. މި ހާލަތުގައި އެއް ފުރާޅެއްގެ ދަށުގައި އެކުގައި އުޅުމުގެ ބޭނުމެއް ނުވިސްނޭ. އެހެންވެ ދެމީހުންވެސް ބޭނުންވީ ކައިވެނީގެ ގުޅުން ނިންމާލަން.” ސަނާ ބުންޏެވެ.

ސަނާ އާއި އީޖާޒްގެ ކައިވެނި ރޫޅާލާފައިވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ. މިހާރު ދެމީހުންވެސް އެންމެ ހާއްސަ އިސްކަމެއް ދެނީ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށްކަމަށް ސަނާވަނީ ބުނެފައެވެ،