English Edition
Dhivehi Edition
ހުޅުދޫ އަވަށު އޮފީސް/ ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

އައްޑޫ ސިޓީގެ ދެ އަވަށެއްގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކުރި އިއުލާނުގައިވަނީ ހުޅުދޫ އަދި މަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މަރަދޫ ޔޫތު ސެންޓަރުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުން 09 އޮކްޓޯބަރ 2022 ވަނަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ 16 އޮކްޓޯބަރ 2022 ވަނަ ދުވަހު 10:30 ގައެވެ.

ހުޅުދޫ ޔޫތު ސެންޓަރުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުން 09 އޮކްޓޯބަރ 2022 ވަނަ ދުވަހު 11:3000 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ 16 އޮކްޓޯބަރ 2022 ވަނަ ދުވަހު 11:00 ގައެވެ.

މި ދެ އަވަށުގެ އިތުރުން ގއ.މާމެންދޫގައިވެސް ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.