English Edition
Dhivehi Edition
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު - ފޮޓޯ: ސަން

ދަބަހުގައި ބަޑިއެއް އޮވެދާނެ ކަމަށް ބުނި މީހަކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ހަނިމާދުއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ޔަގީން ކޮށްދީފައިވާއިރު، ހައަޔަރަށް ގެންގޮސް ސުވާލުކުރުމަށް ފަހު އޭނާ މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ.

މި ފިރިހެން މީހާ ހައްޔަރުކުރީ ލަގެޖު ނެރެނިކޮށް، ބަޑިއެއް ވެސް އޮވެދާނެތީ އެ ރަނގަޅަށް އެ ފާސްކުރަން ބުނުމުންކަމަށް މައުލޫމާތުލިބެއެވެ.

މިދިޔަ ހަފްތާގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ދަބަހުގައި ބޮމެއް އޮތްކަމަށް ބުނީ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުން ގެންދިޔަތާ ހަތަރު ގަޑިއިރެއް ފަހުން ސުވާލުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

ރާއްޖޭގެ އެއަރޕޯޓުތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގާއިރު، ސިވިލް އޭވިއޭޝަން ގާނޫނު ބުނާގޮތުން ސަމާސާއަކަށް ނަމަވެސް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ވާހަކައެއް ނުވަތަ ބަހެއް އެއާޕޯޓުތަކާއި ފްލައިޓުތަކުގައި ބުނުމަކީ ގާނޫނީ ކުށެކެވެ.