English Edition
Dhivehi Edition
ގާފަރު ގެއަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ފައިސާތައް --

މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން، 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ އަލަށް ޗާޕުކޮށްގެން ރާއްޖެ ގެނައި ރަންދިހަ ފަހެއްގެ އާނޫޓު ވަނީ ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައި ކަމަށެވެ.

ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު 2016 ވަނަ އަހަރު ތައާރަފްކުރި ދިވެހި ފައިސާގެ އާ ނޫޓު ސީރީޒްއަކީ ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަށް ދައްކައިދޭ ގޮތަށް ހަދާފައިވާ ފައިސާގެ ނޫޓުތަކެކެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ހިމެނެއެވެ.