English Edition
Dhivehi Edition

ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޛުހާން (27އ)އެންމެ ފަހުން ފެނިފައިވަނީ ހުދުކުލައިގެ ކާރަކަށް އަރައިގެން ދަނިކޮށް ކަމަށް ފުލުހުން ބެނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އަޛުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށެވެ. އަދި ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާތަން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ، އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހިޔާ ފްލެޓް ސަރަހައްދުން ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.