English Edition
Dhivehi Edition

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ‘ސަޅި ވީކްލީ’ ޕްލޭނެއް އެކްޓިވޭޓްކޮށްލައިގެން ދުވާލަކު 4 ޖީބީ ޑެއިލީ ޑޭޓާ އެންމެ 145 ރުފިޔާއަށް ލިބޭ އައު އޮފަރއެއް ނެރެފިއެވެ. މި ޕްލޭންގެ ދަށުން އެއް ހަފްތާއަށް ކޮންމެ ދުވަހަކު 4ޖީބީ – ޖުމްލަ 28ޖީބީ – ހޯދުމުގެ ފުރުޞަތު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ‘S1GB7’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު: https://bit.ly/3xpM4WP )

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ލިންކު ޚިޔާރު ކުރައްވާށެވެ. https://bit.ly/3S56GvM

ޓެގު