English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އިޝްތިހާރުކޮށް މާކެޓްކުރުމަށް ކައުންސިލަށް ލަފާދީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި “ފުވައްމުލައް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު” ގެ ނަމުގައި ބޯޑެއް އެކުލަވާ ލުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ކައުންސިލުން އިއްޔެ އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ “ފުވައްމުލައް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު” އެކުލަވާލުމަށް ފުވައްމުލައް ކައުންސިލުން ނިންމާފައިވާ ކަމަށާއި ބޯޑުގައި މަންދޫބުންގެ ގޮތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށެވެ.

މި ބޯޑުގައި މަންދޫބުންގެ ގޮތުގައި ހިމެނުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ޑައިވް ސްކޫލް، ގެސްޓް ހައުސް، ކެފޭ/ ރެސްޓޯރެންޓް ދާއިރާ ހިމެނެއެވެ.

ކައުންސިލުން ބުނީ މި ދާއިރާތައް ތަމްސީލް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެމްބަރުވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމް ފުރިހަމަ ކޮއްފައި ހުށަހެޅަން ޖެހޭ ކަމަށެވެ.

ރަޖިސްޓަރީ ވުމަށް: https://forms.office.com/r/jeFJQPgwLS މި ލިންކުގައިވާ ފޯމު ފުރިހަމަ ކުރަން ޖެހެއެވެ.

“ފުވައްމުލައް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު” އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅަން ޖެހޭ ނަމްބަރަކީ 7487900 އެވެ.