English Edition
Dhivehi Edition

އެމްއެންޑީއެފް މެޑިކަލް ކޯރއިން ސަމަރ އައިލެންޑް ރިސޯޓްގެ މުވައްޒަފުންނަށް ސީޕީއާރު އޭއީޑީ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 10 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި ޓްރެއިނިންގ ޕްރޮގްރާމުގައި ހަށިގަނޑުގެ ނޭވާލާ ނިޒާމާއި ސަރކިއުލޭޓަރީ ސިސްޓަމް މަސައްކަތްކުރާ ގޮތާއި ސީޕީއާރު ދޭނެ ގޮތްތަކާއި ސީޕީއާރު ދިނުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރ މެޝިން ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތްކުރާނެ ގޮތްތައް ވެސް މި ޕްރޮގްރާމުގައި ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސީޕީއާރަކީ ނޭވާ ނުލައި، ވިންދު ނެތް މީހެއް ގަދަކަމުން ހިތް ޕަމްޕުކޮށްދީގެން ފުރާނަ ސަލާމަތް ކުރާނެ ގޮތެވެ. އަދި އޭއީޑީއަކީ ހިތް ރީސްޓާޓު ކުރުމަށްޓަކައި ބޭނުންކުރާ މެޝިނެވެ. މި ޕްރޮގްރާމުގައި މި ދެގޮތް ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތް ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ އެވެ.

ސަމަރ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.