އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ބްލޮސަމް ފިހާރައިގައި އަލިފާން ރޯށްލާފައިވާ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރަން އެދިފައެވެ. އަދި އެ ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.