English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ރޭ ސިޓީގެ ދަނޑުގައި ،ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މި މެޗުގައި ފެނިގެން ދިތަ ހުރިހާ ލަނޑެއްވެސް ފެނޮގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ބޮރޫޝިއާ ޑޯޓްމަންޑް އިން ލަނޑު ޖަހާ ލީޑު ނެގިއެވެ. މާކޯ ރުއިސްގެ އެހީތެރިކަމާއި އެކު ޑޯޓްމަންޑަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ބެލިންގަމްއެވެ. 80 ވަނަ މިނެޓުގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. ހާލާންޑް ސިޓީ މެޗުން މޮޅުކޮށްދިނީ 84 ވަނަ މިނެޓުގައެވެ. އެއީ ކަންސޭލޯ ނަގައިދިން ހުރަހަކުންނެވެ. މިއީ މިސީޒަންގައި ހާލާންޑްގެ 13 ވަނަ ގޯލެވެ.

މިމޮޅާއެކު ސިޓީ ގްރޫޕްގެ އެއްވަނާގައި އޮތީ ދެ މެޗުންވެސް މޮޅުވެ, ހަ ޕޮއިންޓާއެކުއެވެ. މެޗުން ބަލިވިޔަސް ތިން ޕޮއިންޓާއެކު ދެވަނާގައި އޮތީ ޑޯޓްމަންޑެވެ. މިގްރޫޕްގައި ސެވިއްޔާއާއި, އެފްސީ ކޯޕަންހޭގަން ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެޓީމްވެސް އޮތީ ޕޮއިންޓަކާއެކުއެވެ.