English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އާއި ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބު ކޮށް ގްރޫޕްގެ އެއްވަނައަށް އޭސީ މިލާނުން ޖެހިލައިފިއެވެ.

ޑައިނަމޯ ޒަގްރެބް އާއި ދެކޮޅަށް ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބުކުރީ 1-3 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެސީ މިލާނުންނެވެ. އެއީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޮލީވިއޭ ޖިރޫޑް ޖެހި ލަނޑުންނެވެ.

ލީޑުގައި އޮވެ މިލާނުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ އަލެކްސިސް ސަލަމޭކާ އެވެ.

ޒަގްރެބް އިން މެޗުގެ 56 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ފަރަގު ކުޑަކުރި ނަމަވެސް އޭސީ މިލާނުން ވަނީ 77 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓޮމާސޯ ޕޮބޭގާއެވެ.

މި މޮޅާއެކު އޭސީ މިލާން ގްރޫޕްގެ އެއްވަނަ މަގާމުގައި އޮތީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޒަގްރެބް އޮތީ ގްރޫޕްގެ ދެވަނަ މަގާމުގައެވެ. ތިންވަނަ މަގާމުގައި އޮތް ސަލްސްބާގަށް ދެ ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ޗެލްސީއަށް ލިބެނީ އެއް ޕޮއިންޓެވެ.