English Edition
Dhivehi Edition
އެންމެ މޮޅު ޚަބަރު ހުށަހެޅުންތެރިޔާގެ އެވޯޑް ލިބުނު ޓީވީއެމްގެ އަބުދުﷲ މުއާޒު އެވޯޑާއި ހަވާލުވަނީ

ބްރޮޑްކާސްޓިން އެވޯޑް ހަފުލާ ބާއްވައިފިއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން އަލަށް ތައާރަފް ކުރި މި އެވޯޑްގެ އެންމެ މޮޅު ޓީވީ ޕްރޮގްރާމް ޕްރެޒެންޓަރގެ އެވޯޑް އައިމިނަތު ނަމްޒާ ހާސިލް ކުރިއިރު، އެންމެ މޮޅު ޚަބަރު ހުށަހެޅުންތެރިޔާގެ އެވޯޑް ލިބުނީ ޓީވީއެމްގެ އަބްދުﷲ މުއާޒަށެވެ.

ޖޫރީ ސްޕެޝަލް އެވޯޑް، ބެސްޓް ޕްރޮގްރާމް ފޯ ޓެކްނިކަލް އެވޯޑް ޓީވީއެމްގެ ޕްރޮގްރާމް، ‘ތޮއްޑޫ – ދަ އައިލެންޑް އޮފް ވޯޓާ މެލަން’ އަށް ލިބުނުއިރު، މޯސްޓް ޕްރޮމިސިން ޓީވީ ޕްރެޒެންޓަރގެ އެވޯޑް ލިބުނީ ޓީވީއެމްގެ ޕްރެޒެންޓަރ ޝަމްރާ ސަމީމް (ކުޑޫ) އަށެވެ.

އެންމެ މޮޅު އެންޓަޓެއިންމެންޓް އެވޯޑް ޓީވީ، ލިބިފައިވަނީ ޓީވީއެމްގެ ރިއަލިޓީ ޝޯ ‘މޯލްޑިވިއަން އައިޑްލް’ އަށެވެ. އަދި ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް ރޭޑިއޯ، ލިބިފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ‘ރޭޑިއޯ ދިރިއުޅުން’ މި ޕްރޮގްރާމަށެވެ.

އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް ޗެނަލްގެ އެވޯޑު ސަންގު ޓީވީގެ ‘ސަންގު ބަހުސް’ އަށް ލިބުނުއިރު، ބެސްޓް ޑޮކިއުމެންޓްރީ ޗެނަލް ރޭޑިއޯގެ އެވޯޑް ލިބުނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ‘ވެހި ދިވެހި’ އަށެވެ. އަދި ބެސްޓް އެންވަޔަރމެންޓް ޕްރޮގްރާމް ޓީވީ، ގެ އެވޯޑް ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމް ’99 ޕަސެންޓް’ އަށް ލިބުނުއިރު، އެންމެ ކްރިއޭޓިވް ޓީވީ ޕްރްގޮރާމްގެ އެވޯޑް ލިބުނީ ޓިވީއެމްގެ ޕްރޮގްރާމް ‘ދިވެއްސަކު ދެކުނު އިންޑިއާ’ މި ޕްރޮގްރާމަށެވެ.

މީގެ އިތުރުން އިޖްތިމާއީ ހޭލުންތެރިކަމުގެ ދާއިރާއިން އެންމެ މޮޅު ޓީވީ އެވޯޑް ލިބުނީ ޓީވީއެމްގެ ޕްރޮގްރާމް ‘އިހުސާސް’ އަށެވެ. މި ދާއިރާއިން އެންމެ މޮޅު ރޭޑިއޯ ޕްރޮގްރާމްގެ އެވޯޑް ލިބިފައިވަނީ ދިވެހިއެފްއެމްގެ ‘އަހަރެން’ ނަށެވެ. އެންމެ މޮޅު ޑޭ ޓައިމް ޕްރޮގްރާމް ޓީވީގެ އެވޯޑް ލިބުނީ ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމަށް ލިބުނުއިރު، އެންމެ މޮޅު ޑޭ ޓައިމް ޕްރޮގްރާމް ރޭޑިއޯގެ އެވޯޑް ލިބުނީ ދިވެހިރާއްޖޭގެ އަޑުގެ ‘ބާއްޖަވެރި ހެނދުނެއް’ މި ޕްރޮގްރާމަށެވެ.

އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް ޓީވީގެ އެވޯޑް ލިބުނީ ޓީވީއެމްގެ ‘ސްޕެލިން ބީ’ ޕްރޮގްރާމަށް ލިބިފައިވާއިރު، އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް ރޭޑިއޯގެ އެވޯޑް ލިބުނީ ދިވެހިރާއްޖޭގެ އަޑުގެ ‘އެބައުޅޭ އެބައުޅޭ’ މި ޕްރޮގްރާމަށެވެ. އަދި އެންމެ މޮޅު ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް، ޓީވީގެ އެވޯޑް ލިބުނީ ޓީވީއެމްގެ “ފިކުރާތް” ޕްރޮގްރާމަށެވެ. މިދާއިރާއިން ރޭޑިއޯގެ އެވޯޑް ލިބުނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ‘އިލާހީ މުއުޖިޒާތް’ މި ޕްރޮގްރާމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ބްރޮޑްކާސްޓިން އެވޯޑަށް މިފަހަރު އިންސާފުކޮށްދެއްވި ޖަޖުންނަކީ މުހައްމަދު ނިޔާޒް (ޓެޑްރީ)، މަސްއުދު އަލީ، މަރިޔަމް ޝައުގީ، ޑރ. ލުޖައިން އިސްމާއިލް ޝަފީގް، އިމްޖާދު ޖަލީލް އަދި އުސްތާޒާ ސާމިޔާ ޒަކަރިއްޔާއެވެ.

މި ރަސްމިއްޔާތުގައި 19 ފަރާތަކަށް އެވޯޑް ދީފައިވާއިރު، ބައެއް ކެޓަގަރީތަކުން އެންމެ ހުށަހެޅުމެއް ލިބުމުގެ ސަބަބުން އެވޯޑް ދީފައެއް ނުވެއެވެ.