English Edition
Dhivehi Edition

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިއަދު ނައްތާލާފައިވަނީ 180 ފުޅި ބަނގުރަލާއި 110 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 7 އިން އޮގަސްޓް 16 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށެވެ.

މި ގޮތުން ގއ. ކޫއްޑޫ އެއަރޕޯޓް އިން ފުރި ފަތުރުވެރިންގެ އަތުން ނަގައި އެމް.އެން.ޑީ.އެފް އިން ގއ. ވިލިނގިލި ޕޮލިސްޓޭޝަން އާއި ހަވާލުކޮށްފައިހުރި 149 ފުޅި ބަނގުރަލާއި، 7 ފުޅި އަންސީލްޑް ބަގުރަލާއި 91 ބިޔަރު ދަޅު އަދި އެކި އެކި މައްސަލަތަކުގައި ވިލިނގިލި ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިހުރި 19 ބިޔަރު ދަޅު އާއި 24 ފުޅި ބަނގުރާ ވަނީ ނައްތާލާފައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފަހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިފާ ކޮމިޓީ އާއި މީޑިއާގެ ހާޒިރުގައެވެ.