English Edition
Dhivehi Edition

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ބާރަށް ކުރެވެމުންދާކަމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނީ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުންކަމަށާއި ރާއްޖެ ސަލާމަތްކުރެވޭނީ ގުޅިފައިވާ ހަތަރު ޕާޓީގެ މަސައްކަތުން ކަމުގައެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު އަދި ނިންމާފައި ނުވާއިރު ޝިފާޒު ވިދާޅުވީ ކެނޑިޑޭޓަކުން ހޮވުމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދާކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސިޔާސީ ޕާޓިތަކުން އެދޭގޮތްތައް ވެސް ހާމަކުރަމުންދާނެކަމަށެވެ.