English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރީކޮޅު އިއުލާން ކުރި ހައުސިންގ ގްރާންޓް ލިބޭ ފަރާތްތައް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދެވޭނެއެވެ.

މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަނގަކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވުނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. މި ގޮތުން ލިބުނު ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު ހައުސިންގ ގްރާންޓް ލިބޭ ފަރާތްތައް މިވަނީ ހޮވާފައެވެ.

ހައުސިންގ ގްރާންޓް ލިބޭ ފަރާތްތަކަކީ:

  1. ސުކޫން، ށ. ފުނަދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން
  2. ޢިޝާ، ނ. ވެލިދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ވެލިދޫ ފިއުޗަރ ފައުންޑޭޝަން އިން
  3. ސަންހިޔާ، އދ. މާމިގިލި. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން އިން

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ” ހައުސިންގ ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއް. އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިންގ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން.”

ހައުސިންގ ގްރާންޓް ތައާރަފް ކުރެވުނީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިންނެވެ.