English Edition
Dhivehi Edition

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ އިތުރު 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ.

އެމީހުން އިއްޔެ ހައްޔަރުކޮށްފައިވާއިރު މީގެ ދެ ދުވަސްކުރިން ވެސް ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައެވެ.

އިއްޔެ ހައްޔަރުކުރި ތިން މީހުން ވެސް އަދި އޭގެ ކުރީ ދުވަހު ހައްޔަރުކުރި ތިން މީހުންގެ ވެސް ވަނަވަރު ހާމަކޮށްފައެއްނުވެއެވެ.

އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށްވެސް 10 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.