އައްޑޫ ސިޓީގައި ލޮރީއަކުން މީހެއްގެ ގައިގާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި ލޮރީން ޖެހިފައިވަނީ މަގުމަތިން ހިނގާފައިދިޔަ މީހެއްގެ ގައިގައެވެ. އަދި އެމީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ބޮލަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. އަދި އޭނާއަށް މިހާރުއަންނަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ ވެހިކަލަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓަގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނިނަމަވެސް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.