English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކްރިއޭޝިއާގެ ޗެމްޕިއަން ޑިނަމޯ ޒެގްރެބް އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެއެވެ.

ޑިނަމޯ ޒެގްރިބް އަތުން ޗެލްސީ ބަލިވީ 1-0 އިންނެވެ.

ކްރޮއޭޝިއާގެ ޒަގްރެބްގައި ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ޗެލްސީންނެވެ. އެގޮތުން ޑިނަމޯގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދޭތޯ ގިނަ މަސައްކަތް ކުރިއެވެ. ކޮންމެވެސް ވަރެއްގެ ހަނަލާތަކެއް އުފެއްދިވެސްމެއެވެ. ނަމަވެސް ލަނޑެއް ޖަހަން މާ ހުސް ފުރުސަތެއް ތަނަވަސްކުރެވޭ ގޮތެއް ނުވެއެވެ.

މި މެޗުގައި ޒެގްރެބް އިން ޗެލްސީ ކޮޅަށް ލަނޑުޖަހާ ލީޑު ނެގީ ޗެލްސީގެ މުޅި ޓީމު އެޓޭކަށް އަރާއޮތް ވަގުތު އުފެއްދި ކައުންޓަރ އެޓޭކެއްގައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޑިނަމޯއަށް މި ލަނޑު ޖަހައިދިނީ މިސްލާވް އޯސިޗް އެވެ. އޭނާ މި ލަނޑު ޖެހީ ބްރޫނޯ ޕެޓްކޮވިޗް ދިން ބޯޅައެއް ހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ ޗެލްސީގެ ގޯލުގައި ހުރި ކެޕާ ކައިރިން ވެސް ނައްޓާލާފަ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މިފަހަރުގެ ސަމަރ ޓްރާންސްފާގައި ކުޅުންތެރިން ގެނައުމަށް އެންމެ ބޮޑު ހޭދައެއް ކުރި ކުލަބަށް ޗެލްސީ ވެފައިވާއިރު، މި ކުޅުންޔެރިންނާއި އެކީ އެޓީމަށް އަދި މާއެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާއި ޗެލްސީއަށް ގެނައި ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު ނަމަވެސް އޭނާއަށް ރޭގެ މި މެޗުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ފޮފާނާއާއި ކުލިބާލީ ފަދަ ކުޚުންތެރިންނަށް ވެސް ރޭގެ މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން ޗެމްޕިއަންސް ލީގު އާސިޒަން ފެށުމުގެ ގޮތުން ރޭ ކުޚުނު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޗެލްސީ ވަނީ ބަލިވެފައެވެ.

ގުރޫޕް ޒްޓޭޖުގެ ދެވަނަ މެޗުގައި ޗެލްސީ ދެން ބައްދަލުކުރަން ޖެހޭނީ ޖަރުމަނުގެ އާރްބީ ލެއިޕްޒިގްއާއެވެ. މި މެޗު ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ.