English Edition
Dhivehi Edition

އަންނަ ނޮވެމްބަރު މަހުގެ 20 ގައި ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ޕޮގްބާއަށް ވޯލްޑްކަޕް ގެއްލިދާނެ ކަމުގެ ބިރާކުރިމަތިވީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅު ވުމަށް އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ.

މިދިޔަ ޖުލައި މަހު ލިބުނު އަނިޔާއިން ސަލާމަތްވުމަށްޓަކައި އޮޕަރޭޝަން ކުރަން ޕޮގްބާ ދެކޮޅުހެދީ ވެސް ވޯލްޑް ކަޕްގައި ނުކުޅެވިދާނެކަމުގެ ބިރު އޮތުމުންނެވެ. އެހެން އެ އަނިޔާއިން ރަނގަޅުވުމަށް އޮތް ހަމައެކަނި ގޮތަކީ އޮޕްރޭޝަނެއް ކުރުންކަމަށް ވާއިރު، މިހާރު އޭނާ ވަނީ އޮޕަރޭޝަން ކުރުމަށް އެއްބަސްވެފައެވެ. މި އޮޮަރޭޝަނަށް ފަހު ޕޮގްބާއަށް އެނބުރި ކުޅުމުގެ ތެރެއަށް ވަދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައިކަމަށް ޔުވެންޓަސް އިން ބުނެއެވެ.