English Edition
Dhivehi Edition

ހުޅުމާލެ އިތުރު އަވަށުގައި މި އަހަރު އަދި ދެ ސްކޫލް ހުޅުވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދެއްވައިފިއެވެ.

އެކަމަނާ މި ކަމުގެ ޔަގީންކަން ދެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ހުޅުވި ފުރަތަމަ ސްކޫލް، އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ކިޔެވުން ފަށައި، ސްކޫލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރި ފުރަތަމަ ސްކޫލު ހުޅުވައިފި

މިނިސްޓަރު ވިދާޅުވީ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލާއި އިންވެގެން ތަރައްގީކުރަމުން އަންނަ ޕްރީ ސްކޫލް މިއަހަރު ހުޅުވޭނެ ކަމަށާއި ހިނގަމުންދާ 2022-2023 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި އިތުރު ސްކޫލެއް ކަމަށްވާ ޞަލާހުއްދީން ސްކޫލުގައި ވެސް ކިޔެވުން ފެށޭނެ ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ޞަލާހުއްދީން ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ސާނަވީއާއި ހަމައަށް ކިޔަވައިދޭން ތަރައްގީކުރާ ސްކޫލެއްކަމަށެވެ.