English Edition
Dhivehi Edition
ފޮޓޯ: މެރިން ޕޮލިސް

ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އައްޑޫ ސިޓީ މީދޫ ‘ސައުތުލައިން ބޯޓު’ ހުއްޓުވައި، މާލޭ ފަޅަށް ވައްދައިފި އެވެ.

މެރިން ޕޮލިހުން ބުނީ، މިއަދު މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރަމުން ދިޔަ ސައުތުލައިން ބޯޓަށް ގަވައިދާއި ހިލާފަށް މުދާ ބަރުކޮށްފައިވާތީ ހުއްޓުވައި އަލުން މާލޭ ފަޅަށް ވައްދާފައިވާ ކަމަށެވެ. އަދި ގަވައިދާއި އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ، ދަތުރުނުކުރުމަށް އަންގާފައިވާނެކަމަށްވެސް މެރިން ޕޮލިހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މެރިން ޕޮލިހުން ވަނީ މިދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރެއްކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.