English Edition
Dhivehi Edition

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީ އިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ތްރީ އޮން ތްރީ ފުޓްސަލް މުބާރާތުގެ ކުޅުން ފެށިގެން ކުރިޔަށް އެބަދެއެވެ.

މި މަހުގެ އެއްވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ބައިވެރިވެފައި ވާއިރު، މި އަށް ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ

ޓައިގަރ، ކަށިކުނބުރު، އޮރަކްލް، ވާނުވާ، މިސަން ޕްލަސް، ކޮކޯ ލޯބި، ޕީއެސްޖީ، ފީނިކްސް އެވެ.

މި ޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގުރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. އެގޮތުން

ގުރޫޕް އޭގައި ހިމެނެނީ، ޓައިގަރ، ކަށިކުނބުރު، އޮރަކްލް، ވާނުވާ، އެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ، މިސަން ޕްލަސް، ކޮކޯ ލޯބި، ޕީއެސްޖީ، ފީނިކްސް އެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މުބާރާތުގެ ހަތަރު މެޗެއް އިއްޔެ ވަނީ ކުޅެފައެވެ. އެއީ ގުރޫޕް އޭގެ ދެ މެޗަކާއި ގުރޫޕް ބީގެ ދެ މެޗެކެވެ.

ގުރޫޕް އޭގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ޓައިގާ އާއި ވާނުވާއެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ވާނުވާއެވެ. މި މެޗުގައި ވާނުވާ އަށް ދެ ލަނޑުވެސް ޖަހައިދިނީ ނާބިތް އެވެ. އަދި ޓައިގަރ ގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އަލް އަމިންއެވެ.

ގުރޫޕް އޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ކަށިކުނުބުރު އާއި އޮރެކްލްއެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 އިން އެއްވަރުވެގެންނެވެ.

އިއްޔެ ކުޅުނު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މިސަން ޕްލަސްއާއި ޕީއެސްޖީއެވެ. މި މެޗު 2-3 އިން ކާމިޔާބު ކުރީ މިސަން ޕްލަސްއިންނެވެ. މިސަން ޕްލަސްގެ ތިން ލަނޑު ވެސް ޖަހައިދިނީ ނާހިލްއެވެ. އަދި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ސަންދީޕް އާއި ޒިދާންއެވެ.

ގުރޫޕް ބީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފީނިކްސް އާއި ކޮކޯ ލޯބިއެވެ. މި މެޗު 2-5 އިން ކާމިޔާބު ކުރީ ޕީނިކްސް އެވެ. ފޮއެނިކްސްގެ ލަނޑުތައް ޖަހައިދިނީ ނާޒިޝް އާއި ނާއްޕޮއެވެ. މި މެޗުގައި ނާޒިޝް ވަނީ ތިން ލަނޑު ޖަހައިދީފައެވެ. ކޮކޯ ލޯބީގެ ދެ ލަނޑުވެސް ޖަހައިދިނީ ޖަޑާއެވެ.

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީން އިންތިޒާމު ކޮށްގެން ބައްވާ މި މުބާރަތަކީ ކޮކޯ ބޮޑިހިތީގައި އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މުބާރާތަކަށް ވާއިރު، މި މުބާރާތުގެ މަޤުސަދަކީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއް ވަންތަކަށް އާލާ ކުރުމާއި އަދި އެކުވެރި މާހައުލެއްގައި ހިންހަމަ ޖެހިގެން މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުނެއެވެ.