English Edition
Dhivehi Edition

45 އާއި 50 އާއި ދެމެދުގެ އަދަދެއްގެ މީހުންގެ ވީޑިއޯ ރިކޯޑް ކުރިކަމަށް އަލަމްގިރި ބުނެފިއެވެ.

މިހާރު ސޯޝަލް މީޑިޔާއަށް ލީކްވެފައިވާ އަލަމްގިރީ ބަޔާނުގައި ބުނެފައިވަނީ އެޕްލކޭޝަން މެދުވެރިކޮށް ޗެޓްކޮށްގެން ގެއަށް ގެންނަ މީހުންނާއެކު އެއްޖިންސުން ގުޅުންހިންގައި، އެ މަންޒަރު އެ ފަރާތްތަކަށް ސިއްރުން ރެކޯޑް ކުރާކަމަށެވެ. މި ގޮތުން ގާތްގަނޑަކަށް 45 އާއި 50 އާއި ދެމެދުގެ ވީޑިއޯ ރެކޯޑް ކޮށްފައިވާނެ ކަމަށާއި އަދި ރެކޯޑު ކޮށްފައިވަނީ ނޯޓް 10ގެ މޯބައިލް ފޯނެއް މެދުވެރިކޮށް ކަމަށްވެސް އަލަމްގިރި ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އަލަމްގިރީ ބުނެފައިވަނީ، އޭނާ ޖިންސީ ގުޅުން ހިންގަނީ ފައިސާ އަކަށް ނޫން ކަމަށާއި ނަމަވެސް އޭނާ އެކު ޖިންސީ ގުޅުން ހިންގާ މީހުން ފައިސާ ދޭކަމަށެވެ. އަދި ރިކޯޑް ކުރަން ގެންގުޅުނު ފޯނަކީވެސް އެ ފައިސާ އަށް ގަތް ފޯނެއް ކަމަށްވެސް އަލަމްގިރީ ވަނީ ބަޔާނުގައި ބުނެފައެވެ.

އަލަމްގިރީ ތަހުޤީޤަށް ދީފައިވާ ބަޔާން ލީކްވުމާއި ގުޅިގެން “ވަން” އަށް ދީފައިވާ އިންޓަރވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ބަޔާން ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ.

ގިނަ އަަދަދެއްގެ ބަޔަކާ އެއްކޮށް ގުޅުން ހިންގައިފައި ވީނަމަވެސް، ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަން ކަން ފާހަގަކޮށްލެވެއެވެ.