English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ކާމިޔާބު ކޮށްފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ސިޓީން ކާމިޔާބު ކުރީ ކްރިސްޓަލް ޕެލަސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައެވެ.

ޕެލަސްގެ ފުރަތަމަ ލަނޑަކީ މެޗުގެ ހަތަރުވަނަ މިނެޓުގައި ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޔޮއާކިމް އެންޑަރސަން ވަނީ ކްރިސްޓަލްއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ސިޓީގެ ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގައެވެ. ސިޓީން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 53 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާއެވެ. ސިޓީން މި މެޗުގައި ޖެހި ފަހު ތިން ލަނޑުވެސް ކާމިޔާބު ކުރީ އެ ޓީމާއި އަލަށް ގުޅުނު ހާލަންޑްއެވެ. މި މެޗުގައި ހާލަންޑް ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ ސިޓީގައި ހާލަންޑް ފުރިހަމަ ކުރި ފުރަތަމަ ހެޓްރިކެވެ. އަދި ކެރިއަރުގައި ފުރިހަމަކުރި 13 ވަނަ ހެޓްރިކެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ސިޓީން ޖެހިލި ނަމަވެސް ރޭ ފުލަމް އަތުން ހޯދި މޮޅާއި އެކު އާސެނަލުން ވަނީ އެއްވަނަ އަތުލާފައެވެ. އާސެނަލް އެއް ވަނާގައި އޮތީ ސިޓީއަށް ވުރެ 2 ޕޮއިންޓު އިތުރައް ހޯދައިގެންނެވެ.

ރޭގެ މޮޅާއި އެކު ސިޓީ މިވަގުތު ތާވަލްގެ ދެވަނާގައި އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ޮެޕެލަސް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 13 ވަނާގައެވެ.