English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސައުތެމްޕްޓަން އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ސައުތެމްޕްޓަން ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ސައުތެމްޕްޓަން އާއި ވާދަކޮށް 1-0 ގެ ނަތީޖާއިންނެވެ.

ރޭގެ މި މޮޅަކީ މިސީޒަނުގައި ފުރަތަމަ ކުޅުނު ދެ މެޗުން ވި ބައްޔަށް ފަހު ޖެހިޖެހިގެން ޔުނައިޓެޑް ހޯދި ދެވަނަ މޮޅެވެ.

ރޭގެ މި މެޗުގައި ވެސް ހެރީ މަގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެން ދިޔައީ ބެންޗުންނެވެ. ރޮނާލްޑޯ ފަހު ހާފުގެ 68 ވަނަ މިނެޓުގައި ސަންޗޯގެ ބަދަކުގައި ކުޅެން އެރުވި އިރު، މަގުއާ އަށް މި މެޗުން ވެސް ފުރުސަތެއް ނުދެއެވެ. މި މެޗުގައި ޔުނައިޓެޑާއި އަލަށް ގުޅުނު ކަސެމީރޯ ވެސް ކުޅެން އެރުވީ މެޗުގެ 80 ވަނަ މިނެޓުގައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުނެއް ފެނިގެން ދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭޒްއެވެ.