English Edition
Dhivehi Edition

ޔޫއެފާ ޔޫރޮޕާ ލީގު 23-2022 ގެ ގުރުއަތުލުން މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ ތުރުކީގެ ވެރިރަށް އިސްތަންބޫލުގައެވެ.

ޔޫރޮޕާ ލީގުގައި ވާދަކުރާ 32 ޓީމު އަށް ގުރޫޕަކަށް ބަހާލާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑު ލައްވާލީ ގުރޫޕް އީގައެވެ. އަދި އާސެނަލް ލައްވާލީ ގުރޫޕް އޭގައެވެ.

ގުރޫޕްތައް ބެހިފައިވާ ގޮތް:

ގުރޫޕް އޭ ގައި ހިމެނެނީ، އާސެނަލް، ޕީއެސްވީ، ބޯޑޯ އަދި ޒިޔުރިކް އެވެ.

ގުރޫޕް ބީގައި ހިމެނެނީ ޑިނަމޯ ކިއޭވް، ރޭނިސް، ފެނަބާޗޭ އަދި އައެކް ލާރްނާކާއެވެ.

ގުރޫޕް ސީގައި ހިމެނެނީ، ރޯމާ، ލުޑޮގޮރެޓްސް، ރެއާލް ބެޓިސް، ހެލްސިންގިން ޖަލްކަޕަލޮކްލޫބީ ( އެޗްޖޭކޭ) އެވެ.

ގުރޫޕް ޑީގައި ހިމެނެނީ، ބްރާގާ، މަލްމޯ، ޔޫނިއަން ބާލިން އަދި ރޯޔަލް ޔޫނިއަން ސެއިންޓް ޖިލޮއިސް އެވެ.

ގުރޫޕް އީގައި ހިމެނެނީ، މެންޗެސްޓަރ ޔުނައިޓެޑް، ރެއަލް ސޮސިއެދާދް، ޝެރިފް އަދި އޮމޮނޮއިޔާއެވެ.

ގުރޫޕް އެފް ގައި ހިމެނެނީ، ލާޒިއޯ، ފޭނޫން، އެފްސީ މިޑްޓްޖިލެންޑް އަދި އެސްކޭ ސްޓަރމް ގްރާޒް އެވެ.

ގުރޫޕް ޖީގައި ހިމެނެނީ، އޮލިމްޕިއާކޮސް، ގަރަބަގް، ފްރެއިބާގް އަދި ނަންޓޭސް އެވެ.

ގުރޫޕް އެޗް ގައި ހިމެނެނީ، އެފްކޭ ކްރްވެނާ ޒްވެޒްޑާ، މޮނާކޯ، ފެރެންކޮވަރޮސް އަދި ޓްރަބްޒޮންސްޕޯރ އެވެ.

ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުގައެވެ.

މީގެ 51 އަހަރު ކުރިން ތައާރަފް ކުރެވުނު ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގެ ދެވަނަ ފަންތީގެ މި މުބާރާތް މިހާރުގެ ގޮތަށް ރިބްރޭންޑް ކުރެވުނީ 2009 ވަނަ އަހަރުގައެވެ. އަދި މިއީ ރިބުރޭންޑް ކުރެވުނު ފަހުން މި މުބާރާތް ބޭއްވޭ 14 ވަނަ ފަހަރެވެ. މި މުބާރާތުގެ ތަށި އެންމެ ގިނައި ހޯދާފައިވަނީ ސްޕެއިންގެ ސެވިއްޔާއިންނެވެ. އެޓީމުން ވަނީ މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ޖަރުމަނުގެ އައިންޓްރަކްޓް ފްރެންކްފަރޓް އެވެ.