English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގު 23-2022 ގެ ގުރޫޕް ސްޓޭޖުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ގުރުއަތު ލުމުގެ ރަސްމިއްޔާތު ކުރިޔަށް ދިޔައީ ރޭ ތުރުކީގެ ވެރިރަށް އިސްތަންބޫލުގައެވެ.

ރޭ ގުރުއަތުލުން ކުރިޔަށް ދިޔައިރު، އެންމެ ގިނަބަޔަކަށް ހައިރާންކަން ލިބުނީ ނިމިގެން ދިޔަ ސީޒަނުގައި ވެސް އެއް ގުރޫޕެއްގައި ލައްވާލީ ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިޔުނިކް އެއް ގުރޫޕަކަށް ހިމެނިގެން ދިއުމުންނެވެ.

ބާސާއާއި ބަޔާން ގުރޫޕް ސީގައި ހިމެނުނުއިރު، މި ގުރޫޕުގައި ދެން ހިމެނުނީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އެވެ.

ގުރޫޕްތައް ބެހިފައިވާ ގޮތަށް ބަލާއިރު،

ގުރޫޕް އޭގައި ހިމެނެނީ ނެދަލެންޑްސް ގެ ޗެމްޕިއަން އަޔެކްސް، ލިވަޕޫލް، ނަޕޮލީ އަދި ރޭންޖާސްއެވެ.

ގުރޫޕް ބީގައި ހިމެނެނީ ޕޯޓޯ، އެތްލެޓިކޯ މެޑްރިޑް، ބަޔާން ލެވަކޫޝަން އަދި ކުލަބް ބުރޫޖްއެވެ.

ގްރޫޕް ޑީގައި ހިމެނެނީ އައިންޓްރަކްޓް ފްރޭންކްފާޓް، ޓޮޓެންހަމް ހޮޓްސްޕާސް، ސްޕޯޓިން ލިޒްބަން އަދި އޮލިންޕިކް މާސޭ އެވެ.

ގުރޫލް އީގައި ހިމެނެނީ އޭސީ މިލާން، ޗެލްސީ، ސަލްޒްބާގް އަދި ޑިނަމޯ ޒަގްރެބްއެވެ.

ގުރޫޕް އެފްގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، އާރްބީ ލައިޕްޒިގު، ޝަޚްތަރު ޑޮނެސްކް އަދި ސެލްޓިކްއެވެ.

ގުރޫޕް ޖީގައި ހިމެނެނީ މެންޗެސްޓާ ސިޓީ، ސެވިއްޔާ، ބޮރޫޝިއާ ޑޯޓްމަންޑް އަދި ކޮޕެންހާގެންއެވެ.

ގްރޫޕް އެޗްގައި ހިމެނެނީ ޕީއެސްޖީ، ޔުވެންޓަސް، ބެންފީކާ އަދި މެކަބީ ހައިފާ އެވެ.

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ގުރުއަތުލުން ރޭ ނިމިފައިވާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.