English Edition
Dhivehi Edition
އުރީދޫ ކްލަބް ޕްރިމިއަރގެ ޙިދުމަތާއި އެކު އުރީދޫ އައްޑޫ އޮފީސް ރީބްރޭންޑްކޮށް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު އޭއޯ ނިއުސް

އައްޑޫސިޓީގެ ހިތަދޫގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ކްލަބް ޕްރިމިއާ ގެ ޚިދުމަތާއެކު ރީބްރޭންޑްކޮށް އަލުން ހުޅުވައިފި އެވެ.

ހިތަދޫ ލިންކު ރޯޑުގައި ހުންނަ މި އޮފީސް ރީބްރޭންޑްކޮށް އަލުން ހުޅުވައި ދެއްވެވީ އުރީދޫގެ ސީއީއޯ ޙާލިދް އަލް ޙަމަދީ އެވެ. ސިއީއޯގެ އިތުރުން އެކުންފުނީގެ ޗީފް ކޮމާޝިއަލް އޮފިސަރ ޙުސައިން ނިޔާޒް އާއި ސީނިއަރ ސުޕަވައިޒަރ ޑިސްޓްރިބިއުޝަން- ސައުތު، އައިޝަތު ޝަޒްނާ ވެސް ބައިވެރިވެލެއްވެވިއެވެ.

އުރީދޫ އައްޑޫ އޮފީސް ރީބްރޭންޑްކޮށް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު އޭއޯ ނިއުސް

އެ ކުންފުނިން ބުނީ، އާ ޓެގްލައިން “އަޕްގްރޭޑް ޔޯ ވޯލްޑް” ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ބަދަލުތަކެއް ގެނައީ އައްޑޫގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދިނުމަށް ކަމަށެވެ. އަދި އާ ފިހާރަ އާއެކު އެކުންފުނިން އައްޑޫގައި ދެމުން އަންނަ ޙިދުމަތްތައް އިތުރަށް ފުޅާކުރެވި ކަސްޓަމަރުންނަށް މުޅިން އައު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ހިތަދޫގައި ހުޅުވި އޯއީސީން މާލޭގައި ހުރި އޯއީސީތަކާ އެއް ފެންވަރުގެ ހިދުމަތާއި ތަފާތު އެކި އުފެއްދުންތައް ލިބެން ހުންނާނެ އެވެ. އަދި އެ އޯއީސީގައި ވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނު ފަދަ އެ ކުންފުނިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިމަގުގައި ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫ އެކްސްޕީރިއެންސް ސެންޓަރު އައްޑޫގައި އިތުރު ޙިދުމަތްތަކާއެކު ހުޅުވިގެން ދިޔައިރު، އެންމެ ބޮޑު ބަދަލެއް ގޮތުގައި ފެންނާނީ އުރީދޫގެ ކްލަބް ޕްރިމިއަރ ލައުންޖް ޙިދުމަތް އައްޑޫއިން ލިބިގެން ދިއުމެވެ.

އުރީދޫ އައްޑޫ އޮފީސް ރީބްރޭންޑްކޮށް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު އޭއޯ ނިއުސް

“އުރީދޫ ރީބްރޭންޑް ވެގެން އަންނައިރު އޭގެ ދަށުން، ކެމްޕެއިންގަ ބުނާގޮތަށް ކަސްޓަމަރސް އަށް ލިބިގެންދާ އެކްސްޕީރިއެންސްތައް އަޕްގްރޭޑް ވެފަ މިހާރު އިންނާނީ. ދެން އައްޑޫ ނުވަތަ ރާއްޖެތެރޭގައި ފުރަތަމަ ފަހަރަށް ކްލަބް ޕްރިމިއަރ ލައުންޖެއް މި ހުޅުވީ. މީގެ ތަފާތު ކަސްޓަމަރުންނަށް ފެނިގެންދާނެ. އެހެން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ. ކުރިއަށްވުރެ ރަނގަޅު އަޕްގްރޭޑެޑް ސާވިސްތަކެއް ކަސްޓަމަރ އެކްސްޕީރިއެންސް ވެގެން ދާނެ” ސީނިއަރ ސުޕަވައިޒަރ ޑިސްޓްރިބިއުޝަން އައިޝަތު ޝަޒްނާ ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ލައުންޖަކީ ކްލަބް ޕްރިމިއަރ ކަސްޓަމަރުން ޙިދުމަތް ހޯދުމަތް އައިސް ހިތް ފަސޭހަ ގޮތަކަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ލައުންޖެކެވެ.

އެ ކުންފުނިން ބުނީ އާ އޯއީސީން ވެސް ހިދުމަތް ދޭނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން ހަވީރު 4 އަށް ކަމަށެވެ.

އުރީދޫގެ ޙިދުމަތް އައްޑޫގައި ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ.

ޓެގު