English Edition
Dhivehi Edition

ރޭ ސިނަމާލޭ ބްރިޖުމަތީގައި ޕޮލިސް ކާރެއް ފުރޮޅާލައި ނުރަކާތެރި ހާދިސާއެއް ހިންގާއިފިއެވެ

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދެއް ވަމުން ބުނީ ބުރިޖު ހައިވޭގައި ދުއްވާފައި ދިޔަ ޕޮލިސް ކާރެއް ފުރޮޅާލާފައިވާކަމަށް ރޭ ދަންވަރު 02:58 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ކާރު ފުރޮޅާލިއިރު އޭގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ތިން މީހުންނަށް ވެސް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ

ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޓެގު