English Edition
Dhivehi Edition

އެފްއޭކަޕްގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފި އެވެ.

ރޭ ކުލަބު ވެލެންސިއާއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު މާޒިޔާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން މާޒިޔާ އިން ލީޑުނެގީ މެޗުގެ 14 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މި ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ރޭގެ މެޗުން ވެލެންސިއާ ބަލިކޮށް އެފްއޭކަޕް ތަށި ތިންވަނަ ފަހަރަށް މާޒިޔާއިން ހޯދިއިރު، މީގެ ކުރިން އެޓީމުން އެފްއޭ ކަޕް ކާމިޔާބުކޮށްފައި ވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު އެވެ.