English Edition
Dhivehi Edition

ގިނަ ދުވަސްތަކެއް ވެފައިވާ މިނި ކަށިގަނޑެއް، ގއ. ދާންދޫއިން ފެނިއްޖެއެވެ.

ފުލުހުން ވަނީ ދާންދޫ ކުނިގޮނޑުން ކަށިގަނޑެއް ފެނުނުކަން ކަށަވަރުކޮށްދީފައެވެ. މިރޭގެ ވަގުތެއްގައި ޢާންމު މީހަކު މިކަން ރިޕޯޓް ކުރުމުން ފުލުހުން ގެންދަވަނީ އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދޭ ގޮތުން ފެނިފައިވަނީ އިންސާނެއްގެ ފައިގެ ކަށިގަނޑެކެވެ. އެހެންނަމަވެސް ފުލުހުން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ހާމަކުރިގޮތުގައި ފެނިފައިވަނީ އިންސާނެއްގެ ކަށިގަނޑެއްކަން ނުވަތަ ނޫންކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ.